ޚަބަރު

ހުޅުމާލެ ފޭސް ދޭއްގައި 100 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް ހުޅުވައިފި

ހުޅުމާލެ ފޭސް 2ގައި 100 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް މިއަދު ހުޅުވައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ "މަސްޖިދުލް ޝާކިރީން" ނަމުގައި ހުޅުވި އެ މިސްކިތަކީ ރޯދަމަހަށް ހާއްސަ ކޮށްގެން ހެދި މިސްކިތެއް ކަމަށެވެ.

އެ މިސްކިތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން، ނަމާދަށް ދިއުމަށް ދުރު ސަރަހައްދަކަށް ދާންޖެހޭތީ، އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހުޅުވި މިސްކިތެއް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެގޮތުން އެ މިސްކިތުގެ އަންހެނުން ނަމާދުކުރަން ވަކިން ހާއްސަ ބައެއް ހަދާފައިވާއިރު، މިސްކިތް ވަނީ އޭސީ ކޮށްފައެވެ.