ޚަބަރު

ޖަރުމަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރާއި މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައިފި

އަލީ އިހްސާން

ޖަރުމަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖޯން ރޯޑް އާއި ރާއްޖޭގެ ފޮރިންމިނިސްޓަރު އަބްދު ﷲ ޝާހިދު ބައްދަލު ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ޖަރުމަނުގެ ސަފީރު ޖޯން ރޯޑް ވަނީ ރާއްޖެއާއި ޖަރުމަނާ ދެމެދުގައި އޮންނަ ޚާރިޖީ ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާގައި ދެ ގައުމު ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މީގެ އިތުރުން އެ ދެބޭފުޅުން ވަނީ ރާއްޖޭގައި ޓެރެރިޒަމާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތްތަކާއި، ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރަމުން ގެންދާ ކަންތައްތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވައި ހިޔާލު ބަދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރު އަބްދު ﷲ ޝާހިދުގެ އިތުރުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޝިއުނީން ރަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.