ޚަބަރު

ރޯދަމަހު ތަކެތީގެ އަގު ހިފެހެއްޓުމަށް އެސްޓީއޯއާއި އިކޮނޮމިކް މިނިސްޓްރީން މަސައްކަތް ފަށައިފި

މަރިޔަމް ޝަހުދާ

ރޯދަމަހު ތަކެތީގެ އަގު ހިފެހެއްޓުމަށް އެސްޓީއޯއާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީއިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން މިކަން އާންމުކޮށްފައިވަނީ މިއަދު މިނިސްޓްރީގެ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓަކުންނެވެ. އެގޮތުން ރޯދަމަހު އާންމުކޮށް ބޭނުންކުރާ އެކި ބާވަތްތަކުގެ އަގު ހިފެހެއްޓުމުގެ ގޮތުން އެސްޓީއޯއާ ގުޅިގެން އެތަކެތި އެތެރެ ކުރާ މިންވަރު އިތުރު ކުރާނެކަމަށް މިނިސްޓްރީން ހާމަކުރިއެވެ.

ރޯދަމަހަކީ އާންމުކޮށް ތަކެތީގެ އަގު އުފުލޭ މަހެކެވެ. ނަމަވެސް ސަރުކާރުގެ މި މަސައްކަތާއެކު މިއަހަރުގެ ރޯދަ މަހު ތަކެތީގެ އަގު މިހާރު ހުރި އަގުގައި ހިފެހެއްޓިފައި ހުންނާނެ ކަމަށް ބެލެވެއެވެ.