ޚަބަރު

އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ ހިމެނުމަށް ރައީސްގެ ގަރާރަކުން ހަމަޖައްސައިފި

މާއްޑޫއަކީ ބ. އޭދަފުށީގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ އޭދަފުއްޓަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ވަނީ އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ ކަނޑައަޅުއްވައި އެކަމާ ބެހޭ ލިޔެކިޔުންތައް މި ހަފުތާގެ ތެރޭ އެ ރަށު ކައުންސިލާ ހަވާލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ، މާއްޑޫއަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައި ގަރާރުގައި ރައީސް ސޮއިކުރައްވާފައިވާ ކަމަށެވެ. އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖެއްސުމަކީ ރައީސްގެ ރިޔާސީ ވައުފުޅެކެވެ.

މާއްޑޫ މިއަދު އޭދަފުށީގެ ބައެއްގެ ގޮތުގައި ހަމަޖެއްސި އިރު، އެ ރަށަކީ 28 ޖުލައި 2013 އިން ފެށިގެން އޭދަފުށީ ކައުންސިލާ ހަވާލުކޮށްފައި އޮންނަ ރަށެކެވެ.