ޚަބަރު

ކޮކާ-ކޯލާގެ ޕްރޮމޯޝަނަލް ކެމްޕޭންގެ އެންމެ ފަހުގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި

ކޮކާ-ކޯލާ މޯލްޑިވްސް އިން ކުރިއަށް ގެންދާ ޕްރޮމޯޝަނަލް ކެމްޕޭންގެ އެންމެ ފަހުގެ ނަސީބުވެރިން އިއުލާންކޮށް، އިނާމު ހަވާލުކޮށްފިއެވެ.

އެ ކެމްޕޭންގައި ހޮވޭ ނަސީބުވެރި ފަރާތްތަކަށް އިނާމެއްގެ ގޮތުގައި ދެނީ ސެމްސަންގް ގެލެކްސީ އެސް23 އެކެވެ. އެންމެ ފަހުގެ ނަސީބުވެރިންނަށް ހޮވުނީ ތުލުސްދޫން އާމިނަތު ޝަހީމާ އާއި މާލެއިން ރަންޖީތު ކާންތަލް އަދި އަހުމަދު އަފްޒަލްއެވެ.

ކޮކާ-ކޯލާ އިން ބުނި ގޮތުގައި އެ ތިން ނަސީބުވެރިންވެސް އެ ދައްކުވައިދެނީ ކޮކާ-ކޯލާގެ އިތުބާރު ހިފޭ ކަސްޓަމަރުންނަށް އެ ކުންފުނިން ގެނެސްދޭ އުފާވެރިކަމާއި ނަސީބު ކަމަށެވެ. އެއީ ހަމައެކަނި ކާމިޔާބީއެއް ނޫން ކަމަށާއި ކޮކާ-ކޯލާގެ އުފެއްދުންތަކުގެ ކޮންމެ ކޯވަރަކުން ގެނެސްދޭ އުފާވެރިކަން ކަމަށްވެސް ބުންޏެވެ.

ކޮކާ-ކޯލާ މޯލްޑިވްސް އިން ކުރިއަށް ގެންދާ ޕްރޮމޯޝަނަލް ކެމްޕޭންގެ ބައިވެރިވެ، އިނާމު ހޯދުމުގެ ފުރުސަތު 10 މާޗުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. ކަސްޓަމަރުން ގަންނަ ކޮކާ-ކޯލާ، ކޯކް ޒީރޯ، ސްޕްރައިޓް، ފެންޓާ އޮރެންޖް ނުވަތަ ފެންޓާ ސްޓްރޯބެރީ ފުޅީގައި ރަން މަތިގަނޑެއް ހުރެއްޖެނަމަ ނަސީބުވެރިއަކަށް ވުމުގެ ފުރުސަތު އޮންނާނެއެވެ.

ރަން ކުލައިގެ މަތިގަނޑުގެ ދަށުގައިވާ ކޯޑު 2626އަށް ފޮނުވާލުމުން ކެމްޕޭންގައި ބައިވެރިވެވޭނެއެވެ. ކޮންމެ ކޯޑަކީވެސް ވަކި އެންޓްރީއެކެވެ. ނަމަވެސް ވަކިވަކިން، ކިތަންމެ ގިނައިން ވެސް ކޯޑުތައް ފޮނުވޭނެއެވެ.

ކޮކާ-ކޯލާ އިން ބުނި ގޮތުގައި، ޕްރޮމޯޝަންއާއެކު އެ ކުންފުނީގެ އުފެއްދުންތަކަށް ލޯބިކުރާ މީހުންނަށް، އެ މީހަކަށް އެންމެ ކަމުދާ ބުއިމަކަށް އިންސާފުކުރަމުން އިނާމެއް ހޯދުމުގެ ޝައުގުވެރިކަން އުފައްދައި، ކޮންމެ ކޯވަރަކީވެސް އެޑްވެންޗާއަކަށް ބަދަލުކޮށްލާފައިވާ ކަމަށެވެ.

ފާއިތުވެދިޔަ 135 އަހަރުގެ ތެރޭގައި ކޮކާ-ކޯލާ ވެފައިވަނީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ގިނަ މީހުންނަށް ކަމުދާ އެއް ބްރޭންޑަށެވެ. ރާއްޖެއަށް ކޮކާ-ކޯލާގެ ރަހަމީރު ތަފާތު އެކި އުފެއްދުންތައް ގެނެސްދެނީ އެ ކުންފުނީގެ ބޮޓްލިން ޕާޓްނަރު ކަމަށްވާ މާލޭ އެއިރޭޑް ވޯޓް ކޮމްޕެނީ (އެމްއޭޑަބްލިއުސީ) މެދުވެރިކޮށެވެ.