ރައްޔިތުންގެ މަޖިލީހުގެ 33 ޕަސެންޓު ގޮނޑި އަންހެނުންނަށް ހާއްސަކުރަންޖެހޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
މި ބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. މި އިސްލާހު ގެންނަން ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހުއެވެ.
މި ބިލް ހުށަހެޅުއްވި މައިގަނޑު ބޭނުމެއްގެ ގޮތުގައި ރޮޒައިނާ ވިދާޅުވެފައި ވަނީ ޖިލީހަށް އިންތިހާބުވާ މެންބަރުންގެ ތެރޭގައި އަންހެނުންގެ ހިއްސާ ކަށަވަރު ކުރުމަށާއި ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް، ގައުމުގެ މުހިންމު ނިންމުތަކުގައި އަންހެނުންގެ ބަސް ހިމެނުމެވެ.
އަދި ރައްޔިތުންގެ މެދުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތުތަކެއް ހުޅުވާލަދީ، ސިޔާސީ މައިދާނުގައި އަންހެނުންގެ ނިސްބަތް އިތުރު ކުރުން ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ އިސްލާހު ހުށަހަޅުއްވާފައި ވަނީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް ތިން އަކުރެއް އިތުރުކުރުމަށެވެ. އެއީ: