ރައްޔިތުންގެ މަޖިލީހުގެ މެންބަރު މިއަދު ބޭއްވި މާހެފުމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފިއެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު ބޭއްވި މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަމުގައެވެ.
މިއަދުގެ މަޖިލީހުގައި މާހެފުމަށްޓަކައި 10:27ގައި މަޖިލީހުގެ ޖަލްސާ މެދު ކަނޑުއްވައިލައްވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ނިމެމުން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ހިންނަވަރު ދާއިރާގެ މެންބަރުގެ ގޮތުގައި އިންނަވައިގެން ވަރަށްގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުގެ ގޮތުގައި ވެސް އިބޫ ވަރަށް މުހިއްމު ހިދުމަތްތަކެއް ކޮށްދެއްވަވާފައިވާ ކަމުގައެވެ.