ވެލިގާ ހާޑްވެއާ

މެޓާބޯގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ވެލިގާ ހާޑްވެއާ އިން އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

މެޓާބޯގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ވެލިގާ ހާޑްވެއާ އިން އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފިއެވެ.

މެޓާބޯގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ހުޅުވި މި އެކްސްޕީރިއަންސް ސެންޓަރު ހުޅުވާފައިވަނީ މަޖީދީ މަގުގައި ހުންނަ ވެލިގާ ހާޑްވެއާ 4ގެ ފުރަތަމަ ފަންގިފިލާގައެވެ.

ރާއްޖޭގެ މާކެޓަށް 2017 ވަނަ އަހަރު ތައާރަފުކުރެވުނު ޖަރުމަނުވިލާތުގެ މި ބްރޭންޑުގެ އުފެއްދުން ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހި މަސައްކަތްތެރީންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައެވެ.

އަލަށް ހުޅުވުނު މި ސެންޓަރުގެ ސަބަބުން ކަސްޓަމަރުންނަށް މެޓާބޯގެ ހުރިހާ އުފެއްދުންތައް އެއް ތަނަކުން ބަލައިލާ، އުފެއްދުންތައް ގަތުމުގެ ކުރިން ކަސްޓަމަރުންނަށް މި އުފެއްދުންތައް އަމިއްލައަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން އުފެއްދުންތަކާ ބެހޭގޮތުން ކަސްޓަމަރުން އޮޅުންފިލުވަން ބޭނުންވާ ހުރިހާ މައުލޫމާތެއް ވެސް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ވެލިގާ ހާޑްވެއާ އިން ބުންޏެވެ.

"މި ސެންޓަރު ހުޅުވުމުގެ އެންމެ މުހިންމު ބޭނުމަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކީ އެއް ތަނަކުން އަޅުގަނޑުގެ އަތުން ލިބެން ހުރި ހުރިހާ ޕްރޮޑަކްޓްތަކެއް ފޯރުކޮށްދީ، ކަސްޓަމަރުންނަށް ވެސް އައިސް ގަތުމުގެ ކުރިން މި ޕްރޮޑަކްޓްތަކުގައި އަތްލައި، އެކްސްޕީރިއަންސްކޮށްލުމުގެ ފުރުސަތު ހޯދައިދިނުން،" މެޓާބޯ ޕްރޮޖެކްޓް މެނޭޖަރު މަހުދީ އިޖާޒު ވިދާޅުވިއެވެ.

މެޓާބޯގެ އުފެއްދުންތަކަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމުގެ ގޮތުން ސާވސް ސެންޓަރެއް ވެސް ވެލިގާ އިން ވަނީ ހުޅުވައިފައެވެ. މީގެ އިތުރުން ވެސް ވެލިގާ އިން އަންނަނީ ދުނިޔޭގެ ނަން މަޝްހޫރު އެތައް ބްރޭންޑެއްގެ އުފެއްދުންތަކެއް ރާއްޖެ އެތެރެކޮށް، މާކެޓް ކުރަމުންނެވެ.

ހޭޑްވެއާގެ ވިޔަފާރީގައި 2008 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވާ މި ކުންފުނިން މިހާރު ވަނީ މާލެ، ހުޅުމާލެ އެކުލެވޭ ގޮތަށް ވެލިގާގެ ފަސް ފިހާރައެއް ހުޅުވައި، ފާހާނާ އަދި ގޭތެރޭ ޒީނަތްތެރިކުރުމަށް ބޭނުންވާ އުފެއްދުންތަކަށް ހާއްސަކޮށްގެން ބްލަންކުގެ ނަމުގައި ފިހާރައެއް ހުޅުވައިފައެވެ. އަދި މީގެ އިތުރުން ވެލިގާ އިން ވިޔަފާރި ކުރާ ބޮޑެތި ކޯޕަރޭޓް ކަސްޓަމަރުން ދޭ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ކޯޕަރޭޓް ސެންޓަރެއް ވެސް ހުޅުވައިފައެވެ.