އަލީ ޔާމިން
ވެލިގާ ހާޑްވެއާ އަދި ބްލަންކް ފިހާރަތަކުން މިއަހަރުގެ ރަމަޟާން މަަހަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައި އިނާމު ހަވާލުކޮށްފިއެވެ.
ނަސީބުވެރިން ހޮވުމަށް ގުރުއަތުލުން ބޭއްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފައިވަނީ އިއްޔެ މެންދުރު ފަހު ވެލިގާ ކޯޕަރޭޓް ސެންޓަރުގައެވެ.
މިދިޔަ މަހުގެ 15އިން މިމަހުގެ 20ގެ ނިޔަލަށް 30 ޕަސަންޓް ޑިސްކައުންޓާއެކު ކުރިއަށްގެންދިޔަ މި ޕްރޮމޯޝަންގައި ކަސްޓަމަރުން ކޮށްފައިވާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް ކޫފަނެއް ދޫކޮށްފައިވެއެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ވެލިގާއިން ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ އޮންލައިން ޕްރޮމޯޝަން މެނޭޖުމަންޓް ސިސްޓަމެއް ބޭނުންކޮށްގެންނެވެ.
ޕްރޮމޯޝަންގެ ކަންކަން ކުރިއަށް ދިޔަ ގޮތް އަދި ނަސީބުވެރިން ހޮވުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވާ ގޮތް މިނިވަން އޮޑިޓް ކުންފުނި، އޭއައިއެކްސް އެސޯސިއޭޓްސް އިން ވަނީ ބަލައި ރިވިއު ކޮށްފައެވެ.
ވެލިގާއިން ބުނީ މިއަހަރުގެ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.