ޚަބަރު

ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

ފާތިމަތު ލިޔުޝާ

ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ފަށައިފިއެވެ.

އެ މަޝްރޫއު ކުރިޔަށްގެންދާ މޯލްޑިވްސް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީން) އިން ބުރާސްފަތި ދުވަހު ބުނީ، އެ މަޝްރޫއު ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އާއި އެމްޓީސީސީގެ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހުމަދު ލަތީފް ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 19,780 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. އެ މަޝްރޫއަކީ 11.45 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ހައުސިން މިނިސްޓްރީން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ނިމިދިޔަ އަހަރުގެ އޭޕްރިލް 18 ވަނަ ދުވަހުއެވެ.