ޚަބަރު

ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގަތް ދެމީހަކު ހައްޔަރުކޮށްފި

ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގަތް ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 16:21 ހާއިރު މަޖީދީމަގު ވެލިގާ ހާޑުވެއާ ފިހާރަ ކައިރިން ރަތްކުލައިގެ ޖީއެން ސައިކަލެއްގައި އައި ދެމީހަކު އެ މަގުން ހިނގާފަދިޔަ ބިދޭސީއެއްގެ އަތުން ފޯނު ފޭރިގަނެގެން ދަނިކޮށް އެމީހުން ހިފަހައްޓައި ހައްޔަރު ކޮށްފައިވާ ކަމުގައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ މީހަކާއި އުމުރުން 44 އަހަރުގެ މީހެއް ކަމަށާއި މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ލޮނުޒިޔާރަތް މަގާއޮ ރަތްވިލާ ހިނގުން ގުޅޭ ކުރިމަތިންނެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.