ޚަބަރު

މަސްދޯނިފަހަރަށް އިންޑިއާ ސިފައިން އެރުމާއި ޗައިނާގެ ދިރާސާ އުޅަނދުގެ މައްސަލަ ބަލާ ކޮމިޓީ ސިއްރު

އިބްރާހިމް ޒަކީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އިނޑިއާގެ ކޯސްޓް ގާޑުން ރާއްޖޭގެ މަސް ދޯނިތަކަށް އެރުމާއި ރާއްޖެއަށް އަންނަ ޗައިނާގެ ދިރާސީ އުޅަނދުގެ މައްސަލަ ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

މި މައްސަލަތއް ބަލަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީންނެވެ. ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންވެސް މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ވަނީ ހާޒިރުކޮށްފައެވެ.

އެ ދެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީވާން މީގެ ކުރިން ކޮމިޓީން ވަނީ ޑިފެންސް މިނިސްޓްރީގައި އެދިފައެވެ. އެކަމާ ގުޅިގެން އެކަމާބެހޭ މައުލޫމާތުތައް ސިއްރު ސިޓީއަކާ އެކު މިނިސްޓްރީން ވަނީ ކޮމިޓީއަށް ފޮނުވައިފައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ އެކަމާ ބެހޭގޮތުން ޑިފެންސް މިނިސްޓްރީން ފޮނުވާފައި ވަނީ ސިއްރު ސިޓީއެއް ކަމަށެވެ. އެހެންކަމުން މެންބަރުންގެ އެދުމާއެކު ކޮމިޓީ ބައްދަލުވުން ދިއްރު ބައްދަލުވުމަކަށް ބަދަލު ކުރެއްވިއެވެ.