ޚަބަރު

ފިޔާ ދަތި ނުވެ ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެފި

ފާތިމަތު ލިޔުޝާ

ދަތިނުވެ ރައްޔިތުންނަށް ފިޔާ ގަންނަން ލިބޭނެ ކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

އެސްޓީއޯގެ މީޑިއާ ވައިބާ ގްރޫޕުގައި މިއަދު ބުނީ، އިންޑިއާއިން ފިޔާ ލިބުމުގައި އެ ކުންފުންޏަށް އެއްވެސް ދަތިކަމެއް ނެތްކަމަށެވެ. ކުރިއެކޭވެސް އެއްފަދައިން އެސްޓީއޯއިން ސްޓޭބަލް (އެއްހަމައެއްގައި) ފިޔާ ފޯރުކޮށްދެމުންދާނެ ކަމަށެވެ.

"ފާއިތުވި ދެމަހުގެ މާކެޓް ޓްރެންޑަށް ބަލާކަމުގައިވާނަމަ ރާއްޖޭގެ މާކެޓްގައި ފިޔާގެ އަގު އަންނަނީ ތިރިވަމުން. ކުރިއަށް އޮތް ރަމަޟާންމަހު އަސާސީ ކާބޯތަކެތި ލިބުމުގައި ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް އެސްޓީއޯއިން ވަނީ ފުރިހަމައަށް ތައްޔާރުވެފައި،" ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

ކޮންމެ ރޯދަ މަހަކާ ދިމާކޮށް ވެސް ރާއްޖޭގެ ބާޒާރުގައި ބައެއް ކަހަލަ ކާބޯތަކެތީގެ އަގު ވިޔަފާރިވެރީން މައްޗަށް އުފުލައެވެ. އެހެން ނަމަވެސް އަގުތައް އެއްވަރެއްގައި ހިފަހައްޓަނީ އެސްޓީއޯއިން ގިނަ އަދަދަކަށް އެ ތަކެތި ރާއްޖެއަށް އެތެރެކޮށް، އާންމުންނަށް ހެޔޮ އަގުގައި ލިބޭނެ ގޮތް ހަމަޖައްސައިގެންނެވެ.