ރޯދަމަހަށް ހާއްސަކޮށްގެން މަގުބޫލު އީކޮމާސް ޕްލެޓްފޯމް މޫލީގައި ރޯދަ ސޭލެއް ފަށައިފިއެވެ.
އުރީދޫ މޯލްޑިވްސް އިން ބުނީ، ގޭތެރެ ޒީނަތްތެރިކޮށް ބަދިގެއަށް ބޭނުންވާ ސާމާނު ހަމަކޮށް އާކުރުމަކީވެސް ރޯދަމަހަށް ތައްޔާރުވުމުގެ ބޮޑު ބަޔަކަށްވާއިރު، މޫލީ މެދުވެރިކޮށް ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އާންމުކޮށް ވިޔަފާރިކުރާ ތަކެތި ފަސޭހަ ކަމާއެކު އޮންލައިންކޮށް ގަނެވޭނެ ކަމަށެވެ.
އެގޮތުން ރޯދައަށް ބޭނުންވާ ތަކެތި ހިމެނޭ ސޭލް ސެކްޝަނުގައި ފަރުނީޗަރު، މަރޮށި ދިޔާހަކުރު، އެޑިއުކޭޝަނަލް މުސައްލަ، ރާއްޖޭގައި ރޯސްޓުކުރާ ކޮފީ، ނަޓް ބަޓާސް އަދި ރާއްޖޭގައި ހައްދާފައިވާ ތަރުކާރީ ފަދަ އެތައް އައިޓަމެއް ހިމެނޭނެ ކަމަށް ބުންޏެވެ.
އެކި ރޭންޖުގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ އެ ޕްރޮޑަކްޓްތަކަކީ އިތުބާރު ހިފޭ ވިޔަފާރިވެރިން މޫލީގައި ފީޗާ ކުރައްވާ ތަކެއްޗެވެ.
އުރީދޫ މޯލްޑިވްސް އިން ބުނީ، މޫލީ ރޯދަ ސޭލް ރޯދަމަސް ނިމެންދެން ކުރިއަށްދާނެ ކަމަށެވެ. އަދި ގަންނަ ކޮންމެ އައިޓަމެއްވެސް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށްވެސް ބުންޏެވެ.