މާލީ ބާޔާން ހުށަނާޅާ ކެޑިޑޭޓުންނާ މެދު މާދަމާ ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ސުންގަޑި ހަމަވިއިރު މާލީ ބަޔާން ހުށަހަޅާފައި ނުވާ ކެންޑިޑޭޓުންނާ މެދު މާދަމާ ގޮތެއް ނިންމާނެ ކަމުގައެވެ. ރޭ 12:00 އާ ހަމައަށް މާލީ ބަޔާން ހުށައަޅާފައިވަނީ 386 ކެޑިޑޭޓުންގެ ތެރެއިން 346 ކެނޑޭޓުންނެވެ. އެހަންކަމުން މާލީ ބަޔާން ހުށަނާޅާ 39 ކެޑިޑޭޓުންނާ މެދު މާދަަމާ ގޮތެއް ނިންމާނެއެވެ.
މާލީ ބަޔާން ހުށަނާޅާ ކެޑިޑޭޓުންގެ ތެރެއިން އެންމެ ގިނައީ އަމިއްލަ ގޮތުން މަޖްލިސް އިތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނެވެ. އެގޮތުން އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން 31 ފަރާތަކުން މާލީ ބަޔާން ހުށަހަޅާފައި ނުވާކަމަށް އީސީއިން ބުނެއެވެ. މާލީ ބަޔާން ހުށަނޭޅުމަކީ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވި، ނުވަތަ ޖަލު ހުކުމެއް އަތުވެދާނެ ފަދަ ކަމެކެވެ.