ޚަބަރު

ފުވައްމުލަކު މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

މުހައްމަދު އިޝާން

ފުވައްމުލަކު ސިޓީން (މުހައްމަދު އިޝާން ވަންއޮންލައިން)

ފުވައްމުލަކު ސިޓީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އަަމަލީ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވައިފިއެވެ.

ދެކުނުގެ އަތޮޅުތަކަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ފުވައްމުލަކަށް ވަޑައިގެންފައެވެ. މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރައީސް ފައްޓަަވައިދެއްވީ އެ ދަތުރުފުޅުގެ ތެރެއިންނެވެ.

ފުވައްމުލަކު ސިޓީގެ އެތެރޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ފުވައްމުލަކަށް ވަޑައިގެން ވައުދުވެވަޑައިގެންފައެވެ.

ފުވައްމުލަކު މަގުތައް ހެދުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

މަގު ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު ރައީސް ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފައެވެ. އަދި މިރޭ ރައީސް ފުވައްމުލަކު ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.