ޚަބަރު

މަނަދޫ ބަނދަރު މަޝްރޫއުގެ އަޕްޑޭޓް: ޖެޓީގެ ކޮލަމް ޖެހުމުގެ މަސައްކަތް ނިންމައިފި

ފާތިމަތު ލިޔުޝާ

ނ. މަނަދޫ ބަނދަރު ތަރައްގީގެ މަޝްރޫއުގެ ދަށުން، ޖެޓީގެ ކޮލަމް ޖެހުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެ މަޝްރޫއު ކުރިޔަށްގެންދާ އެމްޓީސީސީން މިއަދު ބުނީ، މިހާރު ކުރަމުން އަންނަނީ ނެރު ފުންކުރުމާއި ބޭރުތޮށި ލުމާއި، ޖެޓީގެ ބާބެންޑިން އާއި، ކޮންކްރީޓް މަސައްކަތްތާއި އަދި ކޮންކްރީޓް ބްރިޖް ހެދުމުގެ މަސައްކަތްތައް ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 13,216 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ބަނދަރު ފުންކުރުމާއި، 17,450 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 183 މީޓަރުގެ ބޭރުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ.

ހަމަ އެއާއިއެކު އެ މަޝްރޫއު ނިމޭއިރު، 188 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 4.5 މީޓަރު ދިގު 244 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 244 މީޓަރުގެ ޖެޓީއެއް ހެދުމާއި، 105 މީޓަރު ދިގު 5 މީޓަރު ފުޅާ ސައުތު ސައިޑް ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 10 މީޓަރު ދިގު 10 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 36.94 މިލިއަން ރުފިޔާއެވެ.