ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެކަނބަލުން، ބައިސްކަލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ބައިކް މޯލްޑިވްސްއިން އިންތިޒާމުކުރި ދެވަނަ އިންޓަރސްކޫލް ބައިސްކަލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތު އޮތީ ހުޅުމާލޭ ރޭސިންގ ޓްރެކްގައެވެ.

ބައިކް މޯލްޑިވްސްގެ ދެވަނަ އިންޓަރސްކޫލް ބައިސިކަލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ކުރިއަށްދިޔަ "12 އަހަރުން ދަށުގެ ފަންރައިޑް"ގެ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މެޑަލް ހަވާލު ކޮށްދެއްވާފައެވެ.