ޚަބަރު

މާލޭގެ ގެއަކުން މީހަކު ވެއްޓިގެން ފަރުވާދެނީ

މާލޭގެ ގެއެއްގެ މަތިން މީހަކު ވެއްޓި ޒަހަމްވެއްޖެއެވެ.

ފުލުހުން ބުނީ ޗާނދަނީ މަގުގައި ހުރި ގެއެއްގެ މަތިން މީހަކު ވެއްޓިގެން މިއަދު 10:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވެއްޓިފައި ވަނީ ކޮން ފަންގިފިލާއަކުން ކަމެއް ސާފެއް ނޫނެވެ.

ފުލުހުން ބުނީ އެ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އެމީހާއަށް ލިބިފައި ވަނީ ކިހާވަރެއްގެ އަނިޔާތަކެއް ކަމެއް ސާފެއް ނޫނެވެ.

އެ ސަރަހައްދުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެނގިފައިވާ ގޮތުގައި އިމާރާތުން ވެއްޓިފައި ވަނީ އޭސީއެއް މަރާމާތުކުރުމުގެ މަސައްކަތް ކުރަން އެރި ބިދޭސީއެކެވެ. އެމީހާ ވެއްޓިފައިވަނީ ވައިގޮޅިއަށެވެ.