ޚަބަރު

އެކްސިޑެންޓުވި ކާރެއް ކޮންޓްރޯލު ނުވެގެން ގޮސް ސެންޓްރަލް ޕާކުތެރެއަށް ވަދެ، ޒަޚަމްވި ދެމީހަކަށް ފަރުވާދެނީ

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ކާރެއް ކޮންޓްރޯލު ނުވެގެން ގޮސް ސެންޓްރަލް ޕާކު ތެރެއަށް ވަދެ، އަނިޔާވި ދެމީހަކަށް ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރުފަހު 2:50 އެހާއިރު އެކްސިޑެންޓްވެފައިވަނީ ދުއްވާފަދިޔަ ސައިކަލަކާއި ކާރެއް ޖެހިގެން ކަމަށެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން އަންހެންމީހާއާއި ކާރު ދުއްވަން އިން ފިރިހެން މީހާއަށް ކަމަށެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ދެމުން ހުޅުމާލޭ ހޮސްޕިޓަލުން ދާދި ދެންމެ ބުނީ އެކްސިޑެންޓް ވެގެން ގެންދިޔަ އަންހެނަކާއި ފިރިހެނަކަށް ފަރުވާދެމުން އަންނަ ކަމަށެވެ.