މާލޭގައި ޓެކްސީ ދުއްވާ ހަމަ އެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ ގެ ކާރަށް ރޭ، ގެއްލުން ދީފިއެވެ.
ޓްރެކް ސަރަހައްދުގައި ދުއްވާފައި ދަނިކޮށް އާމިނަތު ވަހީދާގެ ކާރު ހުއްޓުވައި ގެއްލުން ދީފައިވަނީ އޭނާގެ ކުރީގެ ފިރިމީހާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. އޭނާ ވަނީ އާމިނަތު ވަހީދާއަށް ފުރައްސާރަކޮށް، ކާރުގެ ބޮނެޓު ގަދަކަމުން ހުޅުވައިގެން އިންޖީނަށް ގެއްލުން ދިނުމަށްފަހު އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ކާރަށް ދިން ގެއްލުމުގެ ސަބަބުން ކާރުގެ ބޮނެޓް ވަނީ ނުލެއްޕޭ ވަަރަށް ބަނޑިވެފައެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މި މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށާއި މި މައްސަލަ ބަލަމުން ގެންދަނީ ޑޮމެސްޓިކް ވައިލަންސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ.