ފެނަކަ ކޯޕްރޭޝަންގެ ޗެއާމަންގެ މަގާމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަހީރު އައްޔަންކޮށްފިއެވެ.
އެ މަގާމަށް ޝަހީރު އައްޔަންކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޝަރީހު ވަނީ މީގެ ކުރިން އެސްޓީއޯގެ އިސް އެކި މަގާމުތައް ފުރުއްވައިފައެވެ. އޭގެ ތެރޭގައި ޕްރޮކިއުމަންޓް ފޮރިން ޓްރޭޑްގެ މަގާމާއި ސީނިއާ ޖެނެރަލް މެނޭޖަރު ކަމާއި މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމު ހިމެނެއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ޝަހީރު ފުރުއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރެވެ.