ޓޯގޯގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޓޯގޯގެ ފޮރިން މިނިސްޓަރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ފޮރިން މިނިސްޓަރ ޝާހިދު ފޮނުއްވި މެސެޖުގައި ދިވެހިރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޓޯގޯގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވައި، ދިވެހިރާއްޖެއާ ޓޯގޯ އާއި ދެމެދު އޮތް ރަހުމަތްތެރި ގުޅުން މުސްތަގުބަލުގައި އިތުރަށް ބަދަހިވާނޭކަމުގެ ޔަގީންކަން އޮތްކަން ވިދާޅުވެފައިވެ އެވެ.
ޓޯގޯއަށް ފުރިހަމަ މިނިވަންކަން ލިބުނުކަން އިއުލާންކޮށްފައިވަނީ 27 އޭޕްރީލް 1960 ގަ އެވެ.