ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ

އައިޔޫއެމް އިން މިއަހަރުވެސް ބުކްފެއާއެއް ބާއްވަން ނިންމައިފި

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް)އިން މިއަހަރުވެސް ބުކްފެއާއެއް ބާއްވަން ނިންމައިފިއެވެ.

އެ ޔުނިވަސިޓީން ބުނީ މިއަހަރުވެސް "އިގްރައު" ބުކްފެއާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އަންނަ މަހުގެ ދޭއް ވާ ބުރާސްފަތި ދުވަހުން ފެށިގެން ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އިސްލާމިކް ޔުނިވަރސިޓީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ބުކްފެއާގައި ތަފާތު ވައްތަރުގެ ފޮތްތައް ގަންނަން ލިބޭނެ ކަމަށެވެ.

މި ބުކްފެއާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 އިމް ފެށިގެން ރޭގަނޑު 22:00އަށް ކަމަށާއި އަދި ކޮންމެ ދުވަހަކުވެސް 12:00 އިން 13:00އަށް ބަންދުވާނެ ކަމަށާއި ރޭގަނޑުގެ ވަގުތުތަކުގައި 18:00 އިން 20:00އަށް ވެސް ބަންދުވާނެ ކަމަށް އިސްލާމިކް ޔުނިވާސިޓީން ބުނެފައިވެއެވެ. ހުކުރު ދުވަހު ބުކްފެއާ ފެށުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 14:00ގައި ކަމަށް ދިވެހިރާއްޖޭގެ އެ ޔުނިވަރސިޓީން ބުނެއެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން މިދިޔަ އަހަރުގެ ތެރޭގައިވެސް، ވަނީ ގިނަ ބުކްޝޮޕްތަކަކާއެކު "އިގްރައު"ގެ ނަމުގައި ބުކްފެއާއެއް ބާއްވައިފައެވެ.