އަދާކުރައްވަމުން ގެންދަވާ އެސްވެސް ވަޒީފާ އަކުން އިސްތިއުފާ ނުދެއްވާ ކަމަށް ރައީސް ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މުހައްމަދު އަޝްމަލީ ވިދާޅުވެއްޖެ އެވެ.
އަޝްމަލީ އޭނާ ހުންނެވި ހުރިހާ މަގާމަކުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވައިފި ކަމަށް ރާއްޖޭގެ ބައެއް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ދާދި ދެންމެ އަޝްމަލީ ވިދާޅުވީ އޭނާ މަގާމުތަކުން އިސްތިއުފާ ދެއްވި ކަމަށް ބުނެ ޓްވީޓް ކޮށްފައި ވަނީ ފޭކް އެކައުންޓަކުން ކަމަށެވެ.
"އަޅުގަނޑު މިވަގުތު މިހުރީ ޗުއްޓީއެއްގައި. އެއްވެސް މަގާމަކުން އިސްތިއުފާއެއް ނުދެން." އަޝްމަލީ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އޭނާގެ ނަމުގައި ފޭކް އެކައުންޓެއް ހަދައި އޭނާ ހުންނެވި މަގާމު ތަކުން އިސްތިއުފާދެއްވި ކަމަށް ބުނެ ދޮގު ޚަބަރުތައް ފަތުރަމުންދަނީ ޕީޕީއެމް ނުވަތަ އަސުރުމާއިން ކަމަށް ބެލެވޭ ކަމަށެވެ.
އަޝްމަލީ އަދާކުރައްވަކުން ގެންދަވާ މަގާމު ތަކުގެ ތެރޭގައި، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގެ ވެރިޔާ ކަމާއި އެންސީއައިޓީގެ އިސްވެރިޔާ ކަމާއި ޑީއެންއާރުގެ އިސްވެރިޔާކަން ހިމެނެ އެވެ. މީގެ އިތުރުން ދިރާގު ގެ ޗެއާމަން ކަމުގެ މަގާމުގައި ވެސް ހުންނެވީ އަޝްމަލީ އެވެ.