ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރެއްގެ މަގާމު ހުސްވުމާއި ގުޅިގެން އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ތިން ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެކަމަށްޓަކައި ރައީސުލްޖުމްހޫރއިްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ވަނީ، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވާ ކަމަށެވެ.
ސީއެސްސީގެ މެންބަރުކަމުގެ މަގާމު ހުސްވީ އެ ކޮމިޝަންގެ މެމްބަރު ފާތިމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.
ޖުމުލަ ފަސް މެމްބަރުން ތިބޭ އެ ކޮމިޝަންގައި އާމިރާގެ ދައުރު ހަމަވުމުން މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހާއި ނައިބު ރައީސް އިބްރާހީމް ރަޝީދާއި ދެ މެންބަރުންގެ ގޮތުގައި ތިއްބެވި މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފެވެ.