ޚަބަރު

ސައިކަލު ކޮންޓްރޯލް ނުވެގެން ފާރެއްގައި ޖެހި ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެ

މަރިޔަމް ޝަހުދާ

ސައިކަލު ކޮންޓްރޯލް ނުވެގެން ފާރެއްގައި ޖެހި ގދ. ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާ ވެއްޖެ އެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން 20 އަހަރުގެ ފިރިހެނަކަށާއި ސައިކަލުގެ ފަހަތުގައި އިން 22 އަހަރުގެ ފިރިހެނަކަށެވެ.

ސައިލަކު ދުއްވަން އިން މީހާގެ ހާލު ސީރިއަސް ކަމަށް ތިނަދޫގެ ޑރ. އަބްދުއް ސަމަދް މެމޯރިއަލް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ވަނީ އެމީހާގެ ބޮލުގެ ކަނާތް ފަރާތުން ފަޅައިގެން ދިއުމުގެ އިތުރުން ފައިގެ ފަލަމަސްގަނޑާއި ދިމާލުން ބިންދައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ދީފައެވެ. މި އެކްސިޑެންޓުގައި ޒަހަމްވި ދެމީހުންނަށް ވެސް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ތިނަދޫ ޗާންދަނީ މަގު އުތުރުން ދެކުނަށް ދުއްވާފައި އައި ސައިކަލެއް މަގުމަތީގައި ޕާކުކޮށްފައި އޮތް ޕިކަޕެއް ދުއްވާލި ވަގުތު ޕިކަޕުގެ ފުރޮޅުގައި ޖެހި ކޮންޓްރޯލް ނުވެގެން ފާރެއްގައި ޖެހިގެންނެވެ.