ޚަބަރު

ޝަރީފް ބަލިކޮށް ކެލާ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ޣާލިބަށް

ކުރިއަށް އޮތް މަޖިލީސް އިންތިހާބު ގައި ކެލާ ދާއިރާއަށް ވާދަ ކުރަން އެމްޑީޕީގެ ޓިކެޓް، އަހްމަދު ޣާލިބް ހޯއްދަވައިފިއެވެ.

ޣާލިބް، އެ ދާއިރާގެ ޓިކެޓް ހޯއްދެވީ މިހާރުގެ އެ ދާއިރާގެ ގޮނޑި ތަމްސީލުކުރައްވާ އިބްރާހިމް ޝަރީފާ ވާދަކުރައްވައެވެ.

ކެލާ ދާއިރާގައި ހިމެނެނީ ކެލާގެ އިތުރުން ފިއްލަދޫ އާއި ވަށަފަރެވެ.

ކެލާ ދާއިރާގެ އެމްޑީޕީ ޓިކެޓު ޣާލިބް ކަށަވަރުކުރެއްވީ، 165 ވޯޓު ހޯއްދަވައިގެންނެވެ. ޝަރީފަށް ލިބިވަޑައިގެންނެވީ 140 ވޯޓެވެ.

ޓިކެޓު ކަށަވަރުކުރެއްވި ޣާލިބް ނިސްބަތް ވަނީ ވަށަފަރަށެވެ. ޝަރީފް ނިސްބަތް ވަނީ ކެލަ އަށެވެ.