ޚަބަރު

މޫލީ މެދުވެރިކޮށް ސެމްސަންގްގެ ގެލެކްސީ އެސް24 އަށް ޕްރީއޯޑަރު ކުރި މީހުނަށް ފޯނު ހަވާލުކުރަން ފަށައިފި

އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް ސެމްސަންގްގެ އެންމެ ފަހުގެ ފޯން، ސެމްސަންގް ގެލެކްސީ އެސް24 ފޯނުތައް ޕްރީއޯޑަރު ކުރި ފުރަތަމަ ކަސްޓަމަރުންނަށް މިއަދު ފޯނު ހަވާލުކުރުމަށް ޑެލިވެރީ ފަށައިފިއެވެ.

މޫލީން ސެމްސަންގް ގެލެކްސީ އެސް24 ފޯނަށް ޕްރީ އޯޑަރު ހުޅުވާލީ 19 ޖެނުއަރީ 2024 ވަނަ ދުވަހުއެވެ. އެސް24 ފޯނު ގަންނަ ކަސްޓަމަރުންނަށް އެ އޮފާގެ ދަށުން ލިބޭ ފައިދާތަކަކީ:

  • ޕްރީ އޯޑަރު ކުރާ ކޮންމެ ކަސްޓަމަރަކަށް ސެމްސަންގް ގެލެކްސީ ގަޑިއެއް
  • ޕްރީ އޯޑަރު ކުރާ ކޮންމެ ކަސްޓަމަރަކަށް 100 ޖީބީ ބޯނަސް ޑޭޓާ
  • އެޑޯބީ ފޮޓޯޝޮޕް ލައިޓްރޫމްގެ ދެ މަހުގެ ޕްރީމިއަމް އޮފާ
  • އެޑޯބީ އެކްސްޕްރެސްގެ ދެ މަހުގެ ޕްރީމިއަމް އޮފާ
  • ފުރަތަމަ ޕްރީ އޯޑާ ކުރާ ފުރަތަމަ 24 ކަސްޓަމަރުންނަށް 1000 ރުފިޔާގެ މޫލީ ވައުޗަރު

އުރީދޫ މޯލްޑިވްސް ދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ޑިވައިސްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ސެމްސަންގް ފަދަ އިންޑަސްޓްރީގެ ފުންނާބުއުސް ކުންފުނިތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުންނެވެ.