ޗައިނާގެ ހިލޭ އެހީގައި ރާއްޖޭގެ ފަސް ރަށެއްގައި އިޔާދަކުރަނިވި ހަކަތައިން ބޭނުން ކުރެވޭ ފެން އުފައްދާ ޑީސަލިނޭޝަން ފްލާންޓު ބަހައްޓައި، ސޯލާ ޕެނަލް ހަރުކޮށްފިއެވެ.
ފެން ޕްލާންޓު ބަހައްޓައި ސޯލާ ޕެނަލް ހަރުކޮށްފައިވަނީ ރ. އަލިފުށި، ޅ. އޮޅުވެލިފުށި، ހދ. ދާންދޫ އަދި ކ. ކާށިދޫގައެވެ. އެ މަސައްކަތް ނިންމައި، އެ ޕްރޮޖެކްޓުގެ ލިޔެކިޔުންތައް މިއަދު ވަނީ ސަރުކާރާ ހަވާލުކޮށްފައެވެ.
އެގޮތުން، މިއަދު އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ޗައިނާގެ ފަރާތުން އެ ލިޔެކިޔުންތައް ހަވާލުކޮށްދެއްވައި ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޮންގް ލީޝިންއެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެ ލިޔެކިޔުންތަކާ ހަވާލުވެލައްވައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.