ރ. އިނގުރައިދޫ ގައި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާ ވެއްޖެއެވެ.
ފުލުހުން ބުނީ ރ. އިނގުރައިދޫގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ދެ ސައިކަލެއް ޖެހި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް އިނގުރައިދޫ ހެލްތު ސެންޓަރުން މިއަދު 14:18 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމުގައެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 20 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކަށެވެ.
އަނިޔާ ވެފައި ވަނީ ދިވެހި ތިން ފިރިހެނުންނަށް ކަމުގައި ފުލުހުން ބުނެއެވެ.
ސައިކަލު ދުއްވި ދެ މީހުންގެ އަތުގައި ލައިސަންސް ނެތް ކަމަށާއި މި މީހުންނަށް ލިބިފައިވާ އަނިޔާ ސީރިޔަސް ނޫކަމަށް ފުލުހުން ބުނެއެވެ.