ޚަބަރު

އެސްޓީއޯގެ ހެއްޔާ މަކިޓާ މުބާރާތުގެ މުއްދަތު އިތުރުކޮށްފި

އެސްޓީއޯގެ 'ހެއްޔާ މަކިޓާ' ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިދިޔަ ބުރާސްފަތި ދުވަހަށް ވަނީ ހަމަވެފައެވެ. ނަމަވެސް އެސްޓީއޯ އިން މިއަދު ވަނީ މުބާރާތުގެ މުއްދަތު އަންނަ ފެބްރުއަރީ މަހުގެ 15 އާ ހަމައަށް އިތުރުކޮށްފައެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި މުބާރާތުގެ މުއްދަތު އިތުރުކުރީ ބައިވެރިވާން ބޭނުންވާ މީހުނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ކަމަށެވެ.

މަކިޓާ ޕަވާޓޫލްސް ބޭނުންކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެންދާ ގޮތަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ މުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާކުރުމަށާއި ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

މުބާރާތުގެ އިނާމުތައް:

  • 1 ވަނަ އިނާމު: 50،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރު
  • 2 ވަނަ އިނާމު: 30،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރު
  • 3 ވަނަ އިނާމު: 20،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރު

މި މުބާރާތުގެ ބައިވެރިވުމަށް ތިރީގައިވާ ފޯމު ފުރައިގެން ބައިވެރިވެވޭނެއެވެ.