ޚަބަރު

ގެއެއްގެ ކުޑަ ދޮރެއް މަގު މައްޗަަށް ވެއްޓި ދުއްވާފަ ދިޔަ ސައިކަލެއްގައި ޖެހިއްޖެ

ގެއެއްގެ ކުޑަ ދޮރެއް މަގު މައްޗަަށް ވެއްޓި ދުއްވާފަ ދިޔަ ސައިކަލެއްގައި ޖެހިއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 17:50 ހާއިރު ގ.ކަމަރާ ގޭގެ ހަތަރުވަނަ ފަންގިފަލާއިން އެލުމިނިއަމް ކުޑަ ދޮރެއް މަގު މައްޗަށް ވެއްޓުނު ވަގުތު ދުއްވާފާ ދިޔަ ސައިކަލެއްގައި ޖެހިފައިވާ ކަމުގައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެގެން ރިޕޯޓްކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް ދެ ސައިކަލަކަށް ގެއްލުންވެގެން ރިޕޯޓްކޮށްފައިވާ ކަމަށް މައުލޫމާތު ލިބޭކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މިހާދިސާގެ މައުލޫމާތު ސިޓީ ކައުންސިލް އިދާރާއާ ހިއްސާ ކޮށްފައިވާ ކަމުގައެވެ.