މަޖިލިސިް އިންތިހާބުގައި ވާދަ ކުރެއްވި 386 ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް މާލީ ބަޔާން ހުށައެޅުއްވީ 47 ކެނޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެނޑިޑޭޓުންގެ މާލީ ބަޔާން ހުށައެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އޭޕްރީލް 27 ވާ ހޮނިހިރު ދުވަހުގެރޭ 00:00 ކަމަށެވެ. މި މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަނާޅުއްވައިފި ނަމަ، އެއީ އެ ފަރާތެއް ޖޫރި މަނާކޮށް ނުވަތަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ ފަދަ ކުށެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އަކްރަމް ވިދާޅުވީ ބުރާސްފަތި ދުވަހު ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް މާލީ ބަޔާން ބަލައިގަންނާނެ ކަމަށާއި ހުކުރު ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 12:00 އަށް، އަދި ހޮނިހިރު ދުވަހު ހެނދުނު 09:00 އިން ރޭގަނޑު 12:00 އަށް ފުރުސަތު އޮންނާނެ ކަމަށެވެ.
ކެނޑިޑޭޓުންގެ މާލީ ބަޔާން ބަލައިގަތުން އޮންނާނީ އިލެކްޝަންސް ކޮމިޝަންގެ ފަސްވަނަ ފަންގިފިލައިގައެވެ.