ސްރީލަންކާގައި އާދީއްތަ ދުވަހު ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާގައި ބޮން ގޮއްވި މީހުންގެ ހަށިތަކާ ހަވާލު ނުވާނެ ކަމަށް އޯލް ސިލޯން ޖަމިއްޔަތުލް އުލާމާ (އޭސީޖޭޔޫ) އެސޯސިއޭޝަނުން ބުނެފިއެވެ.
އޭސީޖޭޔޫ އިން ބުނީ ބޮމުގެ ހަމަލާގައި ބޮން ގޮއްވި މީހުންގެ ހަށިތަކާ ހަވާލުނުވާނެ ކަމަށާއި މުސްލިމުންގެ ގަބުރުސްތާނުގައި އެމީހުން ވަޅުލުމުގެ ފުރުސަތެއް ނުދޭނެ ކަމުގައެވެ.
އަދި ލަންކާގެ ކުށެއް ނެތް ރައްޔިތުންނަށް އަމާޒުކޮށް މި ހަމަލާ ދިން މީހުންނަކީ އެ އެސޯސިއޭޝަނަށް ނިސްބަތްވާ ބައެއް ނޫން ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.
ލަންކާއަށް ދިން ބޮމުގެ ހަމަލާގައި 360 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އެ ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ އުފުލައިފައެވެ.