ޚަބަރު

ސިފައިންގެ ހެވިކަން ދައްކާލުން މިއަދު ވިލިމާލެ ބަނދަރު ސަރަހައްދުގައި، މާދަމާ ޖުމްހޫރީ މައިދާނުގައި

މަރިޔަމް ޝަހުދާ

ސިފައިންގެ ހެވިކަން ދައްކާލުން މިއަދު ވިލިމާލެ ބަނދަރު ސަރަހައްދުގައި އަދި މާދަމާ ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި އެމްއެންޑީއެފް ޑްރިލް ސްކޮޮޑްގެ ހެވިކަން ދައްކާލުމަށް ހަމަޖެހިފައިވަނީ ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައެވެ. އެގޮތުން މިއަދު ހަވީރު 16:45 ގައި ވިލިމާލެ ބަނދަރު ސަރަހައްދުގައި އެމްއެންޑީއެފް ޑްރިލް ސްކޮޑްގެ ހެވިކަން ދައްކާލުމަށް ހަމަޖެހިފައިވާއިރު މާދަމާ ޖުމްހޫރީ މައިދާނުގައި ޑްރިލް ސްކޮޑްގެ ހެވިކަން ދައްކާލުމަށް ހަމަޖެހިފައި ވަނީ ހަވީރު 16:45 ގައެވެ.

ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން މާލެއާއި ހުޅުމާލޭގައި ވަނީ ހެވިކަން ދައްކާލައިފައެވެ. އެއްވެސް ކޮމާންޑެއް ނެތި ހުށަހަޅައިދޭ ހެވިކަމުގެ މި ޑްރިލް ޑިސްޕްލޭތަކަކީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ހަރަކާތެކެވެ.