މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި އިތުރު ޕްޓެރޯލް ޝެޑެއް ހުޅުވައިފި އެވެ.
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މިއަދު މާލޭގެ އިންޑަސްޓްރިއަލް ވިލެޖުގައި ހުޅުވި މި ޕެޓްރޯލް ޝެޑަކީ ވަގުތީ ގޮތުން ހުޅުވި ޕެޓްރޯލް ޝެޑެކެވެ. އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި އިންޑަސްޓްރިއަލް ވިލެޖުގައި ހުޅުވި މި ޕެޓްރޯލް ޝެޑު ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު 8 އިން ރޭގަނޑު 11 އަށެވެ. އަދި ހުކުރުދުވަހު މެންދުރު 2 އިން ފެށިގެން ރޭގަނޑު 11 އަށެވެ.
މީގެ އިތުރުން ކޮންމެ ނަމާދު ގަޑިއަކަށް 20 މިނެޓަށް ޕެޓްރޯލް ޝެޑް ބަންދު ކުރާނެ ކަމަށް އެފްއެސްއެމް އިން މައުލޫމާތު ދެއެވެ. މި ޕެޓްރޯލް ޝެޑް މިއަދު ހުޅުވާފައިވަނީ ކުރިން އިންޑަސްޓްރިއަލް ވިލެޖުގައި ހުރި ޕެޓްރޯލް ޝެޑު ބަންދު ކުރުމަށް ފަހު އެވެ.