ރާއްޖެއަށް މިދިޔަ އަހަރު އައި އިންޓަނޭޝަނަލް ފްލައިޓްގެ އަދަދު 2022 ވަނަ އަހަރަށްވުރެ ތިން ޕަސެންޓް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ރާއްޖެއަށް 15،883 ފްލައިޓެއް އައިސްފައިވެއެވެ. މިއީ 2022 ވަނަ އަހަރު ރާއްޖެ އައި 15،289 ފްލައިޓަށްވުރެ 594 ފްލައިޓްގެ އިތުރުވުމެކެވެ.
މިދިޔަ އަހަރު ރާއްޖެ އައި ފްލައިޓްގެ ތެރޭގައި ޝެޑިއުލް 14،608 ފްލައިޓް ހިމެނެއެވެ. އަދި ޖެނެރަލް ފްލައިޓްގެ އަދަދަކީ 1،275އެވެ.
ޝެޑިއުލް ފްލައިޓްގެ ގޮތުގައި 2022 ވަނަ އަހަރު ރާއްޖެ އައީ 14،608 ފްލައިޓެވެ. ޖެނެރަލް ފްލައިޓްގެ ގޮތުގައި 2022 ވަނަ އަހަރު 2،138 ފްލައިޓް ރާއްޖެ އައެވެ.