ޚަބަރު

އޭދަފުށީ ޕޯސްޓް އޮފީހުން ވައްކަން ކޮށްފި

މަރިޔަމް ޝަހުދާ

ބ. އޭދަފުށީ ޕޯސްޓް އޮފީހުން ވައްކަން ކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އޭދަފުށީ ޕޯސްޓް އޮފީހުން ވައްކަން ކޮށްފައިވަނީ ޕޯސްޓް އޮފީހުގެ ބިއްލޫރިގަނޑު ތަޅަލައިގެން ވަދެއެވެ. މިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ވައްކަމުގައި ވަގަށް ނަގާފައި ވަނީ 1500 ރުފިޔާ ކަމަށާއި އިތުރު އެހެން އެއްޗެއް ވަގަށް ނަގާފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.