އިސްކަންދަރު ސްކޫލްގެ 58 ވަނަ އަހަރީ ދުވަސް ފަހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލްގެ ޑިޖިޓަލް ލައިބްރަރީ، ''ނޮލެޖް ހަބް'' އިފްތިތާހުކޮށްފިއެވެ.
މިއަދު ހެނދުނު އެ ސްކޫލްގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި ''ނޮލެޖް ހަބް' އިފްތިތާހުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ. މީގެ އިތުރުން ރައީސް ވަނީ އެ ސްކޫލްގެ އޮކެސްޓްރާ ބޭންޑް އަދި ''ސޭވިންގ އަވަރ ބިލަވްޑް ޕްލޭނެޓް''ގެ ނަމުގައި އެސްކޫލްގައި ބާއްވާ އެގްޒިބިޝަން ވެސް އިފްތިތާހުކޮށްދެއްވައިފައެވެ.
މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ އިސްކަންދަރު ސްކޫލަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދެވި ފަރާތްތަކަށް އެ ސްކޫލުންދޭ ހަނދާނީ ފިލާ ހަވާލުކޮށްދެއްވައިފައެވެ. އަދި މި ރަސްމިއްޔާތުގައި ރައީސް ސޯލިހު އިސްކަންދަރު ސްކޫލްގެ އީ ލައިބްރަރީ ބައްލަވައިލެއްވެވިއެވެ.
ތިމާވެއްޓަށް ދަރިވަރުން އަހުލުވެރި ކުރުވުމުގެ ގޮތިން ހިންގޭ ހަރަކާތްތަކުގެ ތެރެއިން ދަރިވަރުން ފެންބުއިމަށް ބޭނުންކުރާ ތިމާވެއްޓާ ރަށްޓެހި ފުޅި ހަވާލުކުރުން މިއަދުގެ މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވަނީ އިފްތިތާހުކޮށްދެއްވައިފައެވެ.