ޚަބަރު

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އުފައްދައިފި

މުހައްމަދު އިޝާން

ރައީސް ޑރ. މުހައްމަދު މުއިއްޒު، "މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ" އުފައްދަވައިފިއެވެ.

"މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ" ރައީސް މުއިއްޒު، އުފެއްދެވީ އެ މަނިކުފާނަށް ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިގެ ދަށުން ލިބޭ އިހުތިޔާރުގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިނގާ ގޮތަށް، ރައީސް އުފެއްދެވި އިދާރާއެއް ކަމަށެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީއަކީ "ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނު"ގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިން ހިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުމަށާއި، ރާއްޖޭގައި އޯފް-ޝޯ/އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އުފެއްދި އިދާރާއެކެވެ.

އޭގެ އިތުރުން ރާއްޖޭގެ މާލީ ބާޒާރު ތަރައްގީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ގާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ހައްލުތައް ހޯދުމުގެ ބޭނުމުގައި އުފެއްދި ކުންފުންޏެކެވެ.