މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

މާފުށީ ޖަލުގައި ލޯންޑަރީއަކާއި އެކަހެރި ބައްދަލުވުންތަކަށް ދެ އެޕާޓްމަންޓް ހުޅުވައިފި

މާފުށި ޖަލުގައި ގައިދީންނަށް ހާއްސަކޮށްގެން ލޯންޑްރީއަކާއި، އެކަހެރި ބައްދަލުވުންތަކަށް ހާއްސަ އިތުރު ދެ އެޕާޓްމަންޓް މިއަދު ހުޅުވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނިގޮތުގައި ލޯންޑްރީއާއި އެޕާޓްމަންޓް ހުޅުވައިދެއްވީ މާފުށީ ޖަލުގެ ޑައިރެކްޓަރު އެސިސްޓެންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަހުމަދު ރިޒާ އެވެ.

މިއަދު ހުޅުވި ލޯންޑްރީއަކީ، އަންހެން ގައިދީން ބައިތިއްބާފައި ތިބޭ ޔުނިޓްގައި އަންހެން ގައިދީން ބޭނުންކުރުމަށް ހުޅުވި ލޯންޑްރީ އެކެވެ. މީގެ އިތުރުން ކައިރި މުސްތަގުބަލެއްގައި ފިރިހެން ގައިދީން ބޭނުންކުރުމަށް، ފިރިހެން ގައިދީން ބައިތިއްބާފައި ތިބޭ ޔުނިޓްގައި ވެސް ލޯންޑްރީއެއް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ.

މި ލޯންޑްރީއަކީ، އަންހެން ގައިދީން އެއްޗެހި ދޮވުމަށް ހާއްސަކޮށްގެން ހުޅުވި ލޯންޑްރީއެއް ކަމަށާއި އަދި މި މަސައްކަތަކީ، ގައިދީންނަށް އުޖޫރަ ދީގެން ކުރުވުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށް ވެސް ކަރެކްޝަނަލް ސާވިސްއިން ބުނެފައިވެއެވެ.

މީގެ އިތުރުން އެކަހެރި ބައްދަލުވުމަށް ހާއްސަ އިތުރު ދެ އެޕާރޓްމަންޓް މިއަދު ހުޅުވާފައިވާއިރު މުޅި އެކު ހަތަރު އެޕާޓްމަންޓް އެކަހެރި ބައްދަލުވުންތަކަށް މިހާރު ބޭނުންކުރެވެމުން ދާނެ ކަމަށް ވަނީ ބުނެފައެވެ.