މިދިޔަ މަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރި ވިއްސާރައިގައި ގެއްލުންވި 90 ގެއަކަށް އެހީދޭން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ނިންމައިފިއެވެ.
އެންޑީއެމްއޭން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހު ކުރި ވިއްސާރައިގައި ގެއްލުން ވެގެން ރިޕޯޓު ކުރީ ނުވަ ރަށަކުން ކަމަށާއި އެ ރަށްރަށުން 103 ގެއެއްގެ އެސެސްމެންޓް ހަދާފައިވާ ކަމަށެވެ.
އެންޑީއެމްއޭން ބުނީ އެ އިދާރާއިން ކާރިސާތަކާ ގުޅިގެން އެހީ ދިނުމުގައި އަމަލުކުރާ މިންގަނޑުގެ ތެރެއިން އެހީ ދެވޭނީ ޖުމުލަ 90 ގެއަކަށް ކަމަށެވެ. އެގޮތުން ޒަރޫރީ ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބުނު 90 ގެއަކަށް އެހީ ދޭއިރު، އެ ގެތަކުގެ ތެރެއިން އިމާރާތަށް ގެއްލުން ލިބުނު 21 ގެއަކަށް އެހީ ފޯރުކޮށްދޭނެ ކަމަށެވެ.
އެ ގެއްލުންތަކަށް ދޭ ޖުމުލަ އެހީގެ އަދަދަކީ 474،349 ރުފިޔާއެވެ. އެއީ:
މިދިޔަ ހުކުރު ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ގެއްލުންވި ގެތަކަށްވެސް އެހީ ދިނުމަށް އެންޑީއެމްއޭން އިއްޔެ ނިންމާފައި ވެއެވެ. އެގޮތުން ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ 20 ޕަސަންޓަށް ވާ ފައިސާ އާއި ސްޓްރަކްޗަރަލް ގެއްލުންތަކަށް ވާ ޖުމުލަ ހިމެނޭހެން، 611،466.50 ރުފިޔާ އެ ގެތަކަށް ދިނުމަށް ވަނީ ނިންމައިފައެވެ.