ޚަބަރު

އިންނަމާދޫ ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށައިފި

ފާތިމަތު ލިޔުޝާ

ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަައިފިއެވެ.

އެ މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ، އެ މަޝްރޫއު ފެށީ މިމަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ. އަދި އެ މަޝްރޫގެ ދަށުން އިންނަމާދޫ ގޮނޑުދޮށުގައި 360 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އެ މަޝްރޫއަކީ 14.77 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު 31 ވަނަ ދުވަހުގައެވެ.

ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓީސީއާ ހަވާލުކުރީ 220 ދުވަހުން ނިންމާ ގޮތަށެވެ.