ޚަބަރު

އަންހެނެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގެންފި

ސްރީލަންކާ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގެންފިއެވެ.

ފުލުހުން ބުނީ މިރޭ 8:40 ހާއިރު ރަށްދެބައި މަގު ކަންމަތިން ލަންކާ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގެންފައިވާ ކަމަށެވެ.

އެ ރަން ފަށް ފޭރިގަތް އުމުރުން 24 އަހަރުގެ ފިރިހެނަކު އެ ސަރަހައްދުގައި ހުރި ފުލުހެއްގެ މަސައްކަތުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި ފޭރިގަތް ފަށް ވަނީ އެ މީހާ ދުއްވައިގަތް މަގުމައްޗަށް ވެއްޓިފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ ކުރީގެ އެވިންސް ކައިރިން އެމީހާ ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް އާންމު ރައްޔިތުންގެ އެހީތެރިކަން ވެސް ލިބިފައިވާ ކަމަށާއި އެމީހާ ފޭރިގަތް ފަށް މިހާރު އޭގެ ވެރިފަރާތަށް ހަވާލުކޮށްފައިވާ ކަމަށެވެ.