ޚަބަރު

ރައީސްގެ ޗައިނާ ދަތުރުފުޅުގައި މިނިސްޓަރުން ވަޑައިގެންނެވީ އިކޮނޮމީ ކުލާހުގައި

އައިޝަތު އަފްޝަން

1

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި މިނިސްޓަރުން އިކޮނޮމީ ކްލާހުގައި ދަތުރުގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ރައީސް މުއިއްޒު ޗައިނާއަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. ރައީސް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ މަނިކުފާނާއި ނައިބު ރައީސް ވެސް ފަސްޓް ކްލާސް ޓިކެޓުގައި ދަތުރުކުރައްވާކަށް ބޭނުންފުޅެއް ނުވެއެވެ. ނަމަވެސް ފަސްޓް ކްލާހުގައި ދަތުރު ކުރައްވަނީ ސަލާމަތީ ކަންތައްތަކާ ގުޅިގެންނެވެ. ދަތުރުތަކުގެ ހަރަދު ކުޑަކުރައްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލު ރޭ އެކްސްގައި ހިއްސާކުރެއްވި ވީޑިއޯއެއްގައި ފެންނަ ގޮތުން، ރައީސްގެ ޗައިނާ ދަތުރުފުޅުގައި ބައިވެރިވަޑައިގަންނަވާ މިނިސްޓަރުން ވަޑައިގެންނެވީ އިކޮނޮމީ ކްލާހުގައެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރާއި ޑިފެންސް މިނިސްޓަރާއި އެގްރިކަލްޗާ މިނިސްޓަރު އަދި އިންފްރާސްޓަރަކްޗާ މިނިސްޓަރުވެސް ހިމެނިވަޑައިގަންނަވައެވެ.

ރައީސް އާއި ނައިބު ރައީސްގެ ރަސްމީ ދަތުރުފުޅުތަކުގެ ހަރަދުތައް ދަތުރު ނިންމަވާތާ 15 ދުވަހުގެ ތެރޭގައި ހާމަކުރެއްވުމަށް ނިންމެވުމަށް ފަހު، އެކަން އެގޮތަށް މިހާތަނަށް ގެންދަވަނީ ކުރައްވަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟