ތުލުސްދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މިރޭ 18:50 ހާއިރު ކ.ތުލުސްދޫ ރީފް އެޖް ގެސްޓްހައުސްއާ ދިމާ ރުއްދަނޑު ސަރަހައްދުގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުމުން ތުލުސްދޫ ޕޮލިސް ސްޓޭޝަނާއި ތުލުސްދޫ ކައުންސިލާއި ރީފް އެޖްގެ މުއައްޒަފުންނާއި އާއްމު ރައްޔިތުން ގުޅިގެން ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއ އަލިފާންގަނޑު ރޯވެފައިވަނީ 5000 އަކަ ފޫޓު ވަރުގެ ސަރަހައްދެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ މިރޭ 7:40 ހާއިރު ކަމަށާއި މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ނުވަތަ އެއްޗަކަށް ގެއްލުންވެގެން ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.