ރާއްޖެއާ ކައިރި ހިސާބެއްގައި އޮންނަ ކާލްސްބާގް ރިޖަށް ބިންހެލުމެއް އަތުވެއްޖެއެވެ.
ރާއްޖެ ގަޑިން ހަވީރު 4:46ގައި އެތަނަށް ބިންހެލުން އައިސްފައިވަނީ 5.6 މެގްނިޓިއުޑު ބާރުމިނުގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުންޏެވެ. ކާލްސްބާގް ރިޖް އޮންނަނީ އައްޑޫ ސިޓީއާ 894 ކިލޯމިޓަރު ދުރުގައެވެ.
މެޓް އޮފީހުން ބުނީ އެ ބިންހެލުމުގެ ނުރައްކަލެއް ރާއްޖެއަށް ކުރާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހުވެސް އެތަނަށް ބިންހެލުމެއް އައިސްފައިވެއެވެ. 5.5 މެގްނިޓިއުޑް ބާރުމިނުގައި އައި އެ ބިންހެލުމުގެ އަސަރުވެސް ރާއްޖެއަށް ކޮށްފައެއް ނުވެއެވެ.