"ދުލެއް ނުކުރާނަން" ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފިއެވެ.
މިއަދު ހަވީރު ކުރިއަށްގެންދިޔަ މި ހިނގާލުމުގައި ރައީސް ބައިވެރިވެވަޑައިގެންނެވި އިރު، ޔާމީން ރަޝީދު މަރާލި މައްސަލަ އާއި އަދި ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައަށް ދޫނުދެއްވާނެ ކަމަށް ވިދާޅުވެ ރައީސް ސޯލިހު މިއަދު ވަނީ ޓުވީޓެއް ކުރައްވައިފައެވެ.
މިއަދު ކުރިއަށްދިޔަ މި ހިނގާލުމުގައި، ހިނގާލުމުގެ ބައިވެރިން ގޮވާލަމުންދިޔައީ އަނިޔާވެރިކަން ނުހުއްޓެނީސް ހުއްޓާ ނުލާނެ ކަމަށެވެ..
ނޫސްވެރިޔާ ރިލްވާނު ގެއްލިފައިވަނީ އުމުރުން 28 އަހަރުގައި 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ޔާމީން ރަޝީދު މަރާލާފައިވަނީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރެއެވެ.
ރައީސްކަމުގެ މަގާމާ ހަވާލުވުމަށް ފަހު، ރައީސް ސޯލިހު ވަނީ ގެއްލުވާލައިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަނެއް ވެސް އެކުލަވާލައިފައެވެ.