ޚަބަރު

އެމްކިއުއޭގެ ސީއީއޯއަކަށް މަރިޔަމް ފިޒާނާ ރަޝީދު

އައިޝަތު އަފްޝަން

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯއަކަށް މަރިޔަމް ފިޒާނާ ރަޝީދު ހަމަޖައްސައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފިޒާނާ އެ މަގާމަށް ހަމަޖެއްސުމުން މަރުހަބާ ކިޔާ ކަމަށެވެ. ފިޒާނާ އެ މަގާމަށް އައްޔަންކުރުމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ، އޭނާއާ ބައްދަލުކުރައްވާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެމްކިއުއޭގެ މުވައްޒަފުންނާވެސް އެކުގައި ބޭއްވި އެ ބައްދަލުވުމުގައި މުވައްޒަފުންގެ މަޝްވަރާވެސް މިނިސްޓަރު ހޯއްދަވާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެމްކިއުއޭގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވީ ޑރ. އަބްދުލް ހަންނާން ވަހީދެވެ.

ފިޒާނާ ވަނީ މީގެ ކުރިން އެ އިދާރާގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އެއްބަނޑު އެއްބަފާ ދައްތައެވެ.

އޭނާ ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިޔާސިޓީގެ އެޑިއުކޭޝަން ފެކަލްޓީގެ ޑީންގެ މަގާމުވެސް ފުރުއްވައިފައެވެ.